ލަންދޫ ބަލިކޮށް ކުޑަފަރި ސެމީއަށް ދަތުރުކޮށްފި

އިއްޔެ ލަންދޫ އާއި ކުޑަފަރި ބައްދަލު ކުރި މެޗުގެ ތެރެއިން ---

ސިޔާމް މައުރޫފް ސޮކާކަޕުގައި އެންމެ ފަހުގެ ރަނަރަޕް، ލަންދޫގެ މައްޗަށް ކުރި ހޯދައި، ކުޑަފަރި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިއްޔެ ހަވީރު ގްރޫޕް ބީގެ ފަހު މެޗުގައި އެ ދެ ޓީމު ބައްދަލު ކުރި މެޗު ކުޑަފަރި ކާމިޔާބު ކުރީ 2-1ގެ ނަތީޖާއިންނެވެ. މެޗުގައި ކުޑަފަރީއަށް ގޯލު ޖަހައިދިނީ މުހައްމަދު ވިސާހު އާއި ހުސެއިން ސޯދިގު އެވެ. ލަންދޫގެ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު ޝާފިއު އެވެ.

އެ ނަތީޖާ އާ އެކު ކުޑަފަރި ގްރޫޕް ބީ ނިންމާލީ ނުވަ ޕޮއިންޓާ އެކު ގްރޫޕުގެ ދެވަނައިގައެވެ. ގްރޫޕު ބީގެ އެއްވަނައިގައި ހޮޅުދޫ އޮތީ 12 ޕޮއިންޓާ އެކު އެވެ.

ގްރޫޕް ބީ

 • ހޮޅުދޫ (12 ޕޮއިންޓު)
 • ކުޑަފަރި (9 ޕޮއިންޓު)
 • ލަންދޫ (4 ޕޮއިންޓު)
 • މާފަރު (4 ޕޮއިންޓު)
 • ވެލިދޫ (0 ޕޮއިންޓު

މުބާރާތުގެ ގްރޫޕް އޭއަށް ބަލާ އިރު އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރީ ކެނދިކުޅުދޫ އެވެ. އެ ގްރޫޕުގެ ދެވަނަ ޓީމަކީ ހެނބަދޫ އެވެ.

ގްރޫޕް އޭ

 • ކެނދިކުޅުދޫ (11 ޕޮއިންޓު)
 • ހެނބަދޫ (10 ޕޮއިންޓު)
 • މިލަދޫ (7 ޕޮއިންޓު)
 • މަނަދޫ (7 ޕޮއިންޓު)
 • މަގޫދޫ (5 ޕޮއިންޓު)
 • މާޅެންދޫ (1 ޕޮއިންޓު)

މިހާރު މުބާރާތުގެ ސެމީގައި ކުޅޭ ހަތަރު ޓީމު ކަށަވަރުވެފައިވާ އިރު ސެމީގައި ކުޑަފަރި ބައްދަލު ކުރާނީ ކެނދިކުޅުދޫއާއެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. ދެވަނަ ސެމީގައި ބައްދަލު ކުރާނީ ހެނބަދޫ އާއި ހޮޅުދޫ އެވެ. އެ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

comment ކޮމެންޓް