ބޮޑީ ޓެކް: ހުރިހާ އެންމެންނަށް ވެސް ފުރުސަތު އޮތް ޖިމެއް

ބޮޑީޓެކް ޖިމް-- ފޮޓޯ: ބޮޑީ ޓެކް

ހަށިގަނޑަށް ބަލައިގެން އުޅުމާއި ކަސްރަތަށް އަހަންމިއްޔަތުކަން ދިނުމުގެ ލައިފްސްޓައިލެއް ދިވެހިންގެ ތެރޭގައި ވެސް މިދަނީ އުފެދެމުންނެވެ. މި ބަދަލާ އެކު، ގިނަ އަދަދެއްގެ ޖިމްތަކެއް ހުޅުވި ދަހީ ހިދުމަތްދެމުންނެވެ.

ޖިމަށް ދާން ފޯރި ހުންނަ މީހުންނަށް އެތައް ބައިވަރު ޗޮއިސްއެއް އެބަހުއްޓެވެ. އެކި އުމުރުގެ މީހުންނަށް ހާޢްސަ ޕެކޭޖުތަކާއި ޕްރޮގްރާމުތަކާ އެކު މާލޭގައި ދާދުފަހުން ހުޅުވި "ބޮޑީ ޓެކް" ޖިމް އަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ފުރުސަތު އޮތް ޖިމްއެކެވެ.

ބޮޑީޓެކް ޖިމް-- ފޮޓޯ: ބޮޑީ ޓެކް

ސްކޫލް ކުދިންނަށާއި ކޮލެޖު ޔުނިވާސިޓީތަކުގައި ކިޔަވާ ކުދިންނަށް ހާއްސަ ޕެކޭޖުތަކެއް ވެސް ބޮޑީޓެކު ޖިމް އިން ތައާރަފުކޮށްފައިވާ އިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށް ބޮޑީޓެކުން ބުންޏެވެ.

"އިތުރަށް ކިޔައިދޭ ކަމުގައިވާ ނަމަ ޕާސަނަލް ޓްރެއިނިން އެއް ނަގަން އެބަޖެހޭ އެހެން ޖިމްތަކުގައި. އެކަމަކު، ބޮޑީޓެކްގެ ހާއްސަކަމަކީ މިކޮޅުގައި އަބަދު ވެސް ޓްރެއިނަރުން އުޅޭނެ. ޕީޓީ ނުނެގިކަމުގައި ވިޔަސް ޓްރެއިނާސްގެ އެހީތެރިކަން ލިބޭނެ." ބޮޑީޓެކް ޖިމްގެ ޑިރެކްޓަރު އަހުމަދު އިޝާން ބުންޏެވެ.

ބޮޑީޓެކް ޖިމް-- ފޮޓޯ: ބޮޑީ ޓެކް

ބޮޑީ ޓެކުގެ ޕެކޭޖުތައް:

  • ޖެނެރަލް މެމްބަޝިޕް: 1000 ރުފިޔާ
  • އޮފް-ޕީކް ޕެކޭޖް: 742 ރުފިޔާ
  • ސްކޫލު ކުދިންނަށް ހާއްސަ ސްޓޫޑެންޓް ޕެކޭޖް: 689 ރުފިޔާ
  • ކޮލެޖު، ޔުނިވާސިޓީ ކުދިންނަށް ހާއްސަ ޕެކޭޖު: 795 ރުފިޔާ

ބާ އިންޖީނުގެ ކައިރީ، ސޯސަންމާޓު ހުންނަ މަގުގެ ދެވަނަ ފްލޯގައި ހިންގާ ބޮޑީޓެކް ޖިމްއަށް ދާ ކަސްޓަމަރުންގެ ޓާގެޓު ހާސިލްކޮށްދިނުމަށް އެ ޖިމް އިން މަސައްކަތްކޮށްދެ އެވެ. ޖިމްގެ އިކުއިޕްމެންޓުތައް ބޭނުންކުރާގެ ގޮތުން ފެށިގެން ކަސްރަތު ކުރާނެގޮތް ވެސް ކިޔައިދެ އެވެ.

މި ޖިމްގެ ހާއްސަ އަނެއްކަމަކީ ޖިމަށްދާ މީހުން ފެންވަރާނެ އިންތިޒާމު ހަމަޖައްސާފައި ހުރުމެވެ. މިއީ ވެސް ކަސްޓަމަރުންނަށް ލުއި ފަސޭހައަކަށް ގާއިމްކޮށްދީފައިވާ ހިދުމަތެކެވެ.

comment ކޮމެންޓް