"ސްޕައިޑަމޭން: އިން ޓު ދަ ސްޕައިޑަވާސް" ޝްވެކަށް!

"ސްޕައިޑަމޭން: އިންތު ދި ސްޕައިޑަވާސް" ގެ ޕޯސްޓަރެއް

ކޮލަމްބިއަަން ޕިކްޗާސް އާއި ސޮނީ ޕިކްޗާސް އަދި މާވެލް ގުޅިގެން ހަދާފައިވާ އެނިމޭޓެޑް ފިލްމު "ސްޕައިޑަމޭން: އިންތު ދި ސްޕައިޑަވާސް" މިއަދުން ފެށިގެން ޝްވެކް ސިނަމާގައި ދައްކަން ނިންމައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަކީ ރޭޑިއޯއެކްޓިވް މަކުނެއް ދަތް އެޅުމުގެ ސަބަބުން އޭނާ ސްޕައިޑަމޭންއަކަށް ބަދަލުވުމުން ހިނގައިދާ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

އެ ފިލްމުގެ ޑައިރެކްޓްކޮށްފައިވަނީ ޕިޓާ ރެމްސީއާއި ރޮބާޓް ޕާސިޝެޓީ ޖޫނިއާގެ އިތުރުން ރޮޑްނީ ރޮތުމަންއެވެ.

ފިލްމުގެ ލީޑު ކެރެކްޓާސްތަކަށް ޝެމިކް މޯރް، ހެއިލީ ސްޓައިންފިލްޑް، ޖޭކް ޖޯންސަން އަދި މަހާޝަލާ އަލީ އަޑުއަޅާފައިވާއިރު އެ ފިލްމަކީ 90 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް