"ޑޮކްޓާ ސްޓްރޭންޖް"ގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރަނީ ސްކޮޓް؟

ސްކޮޓް ޑެރިކްސަން---

ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޑޮކްޓާ ސްޓްރޭންޖް" ގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރަން ފުރަތަަމަ ފިލްމު ހެދި ސްކޮޓް ޑެރިކްސަންއާ ހަވާލުކޮށްފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

ޑިޒްނީއާއި މާވެލްއިން ގެނެސްދީފައިވާ އެ ފިލްމުގެ ދެވަނަ ބައި ހަދަން ޑެރިކްސަންއާ ހަވާލުކުރި ނަމަވެސް ފިލްމުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޑިޒްނީއިން މިހާރު އަންނަނީ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔާނެ މީހަކު ހޯދަމުންނެވެ. "ޑޮކްޓާ ސްޓްރޭންޖް"ގެ ފުރަތަމަ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ޑެރިކްސަންގެ އިތުރުން ސީ ރޮބަޓް ކާގިލް އާއި ޖޮން ސްޕެއިޓްސް އެވެ.

ގާތްގަނޑަކަށް 236.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންގޮސްފައިވަނީ ބެނެޑިކްޓް ކަމްބަބެޗް އެވެ. ރިޕޯޓްތައް ބުނާގޮތުގައި ކުރިޔަށް އޮތް ފިލްމުން ވެސް އޭނާ ފެންނާނެއެވެ.

"ޑޮކްޓާ ސްޓްރޭންޖް"ގެ ދަވަނަ ބައިގެ މަސައްކަތް ރަސްމީކޮށް ފަށާ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޑެރިކްސަންއަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. ސިނިސްޓާ އާއި ދި އެކްސޯޒިމް އޮފް އެމިލީ ރޯޒް އަކީ އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކެވެ.

comment ކޮމެންޓް