ދެ ސަފީރަކަށް ރުހުން ނުދޭން ފާސްކޮށްފި

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު -- ސަން ފައިލް ފޮޓޯ

ރާއްޖެއިން ސައުދީ އަރަބިއާ އަދި ތައިލެންޑްގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް ރުހުން ނުދޭން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސައުދި އަރަބިއާގައި ހުންނަ ދިވެހި ސަފީރުކަމަށް ރައީސް ސޯލިހު ފޮނުއްވީ ގ. އުތުރުއާގެ މުހައްމަދު ހަލީލުގެ ނަންފުޅެވެ. އަދި ތައިލެންޑުގައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވީ މއ. ތިބްރޯޒް، މުހައްމަދު ޖިނާހު އެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. އެ ހުށަހެޅުއްވުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ތާއީދުކުރައްވާފައެވެ.

އެ ހުށަހެޅުން ފާސްވީ އެމްޑީޕީ ޖޭޕީ އަދި ޕީޕީއެމްގެ ބައެއް މެމްބަރުންގެވެސް ވޯޓާއެކުއެވެ. ޖިނާހުއަށް ރުހުން ދޭން ފެންނަ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެ މައްސަލައިގައި ކޮމިޓީން އަދި ރުހުން ނުދޭން ފާސްކުރި ނަމަވެސް އެ ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާ ސަފީރަކަށް މ. ބީނާފުށި އައިޝަތު އަޒީމާ އައްޔަންކުރުމަށް ފެންނަކަމަށް މިއަދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

http://sun.mv/112837

މި ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ވަނީ، އަށް ގައުމަކާއި ދެ ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުން ދީފައެވެ.

އެއީ ވިލާތުގެ އިއްތިހާދާއި ބެލްޖިއަމް، އދ. އާއި އެމެރިކާ، ޔޫކޭ، ޖަރުމަނު، މެލޭޝިއާ، އިންޑިއާ، ސިންގަޕޫރު އަދި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނެވެ.

comment ކޮމެންޓް