"ކާކު؟"ގެ ޑަބިން ފެށިގެން ކުރިޔަށްދަނީ!

"ކާކު؟"ގެ ޕޯސްޓަރެއް... ފޮޓޯ/ ފޭސްބުކް

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ ކުރިޔަށް އޮތް ފިލްމު "ކާކު"ގެ ޑަބިން ވަރަށް ބާރަށް ކުރިޔަށް ދާކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރު މާއެނބޫ ބުނީ، އެޑިޓިންގެ މަަސައްކަތް ނިންމައި، ޑަބިން ފަށައިގެން އުޅޭ ކަމަށެވެ. އަދި މިހާރު ބައެއް ތަރިންގެ ޑަބިން ކުރިޔަށް ގެންދާ ކަމަށާއި އިފެކްޓްތައް ހެދުމުގެ މަސައްކަތް ވެސް ބާރު މިނުގައި ކުރަމުން އަންނަ ކަމަށެވެ.

"ވަރުގަދަ އިފެކްޓްތަކެއް ހަދަން ޖެހޭތީ އެކަމަށް ކުޅަދާނަ ފަންނުވެރިއެއް ކަމަށްވާ ބޮޑު ރިޔާ އާއެކު މަސައްކަތް ފެށީ މި، ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަނާ މެދު ވަރަށް ހިތްހަމަޖެހޭ،" ފިލްމު އެޑިޓް ވެސް ކުރި މާއެނބޫ ބުންޏެވެ.

"ކާކު؟" ގެ ޑަބިން ކުރިޔަށް ދަނިކޮށް....

"ކާކު؟" އަކީ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ވަނީ ހދ. ކުޅުދުއްފުށީގައި ނަގައި ނިންމާފައެވެ. "ކާކު؟" އިން ކުޅުދުއްފުށީ ބައެއް މީހުންވެސް ފެންނާނެއެވެ.

އެ ފިލްމުގައި ފެންނަ މައިގަނޑު ފަސް ތަރިން ވެސް ކުޅެފައި ވަނީ ލީޑު ރޯލެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

"ކާކު؟" ގެ ޕޯސްޓަރެއް...ފޮޓޯ/ ފޭސްބުކް

"ކާކު؟" އަކީ އަންނަ އަހަރު ސިނަމާތަކަށް ގެންނަން މަސައްކަތް ކުރަމުންދާ ފިލްމެކެވެ.

އެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "ނޭދެން ވަކިވާކަށް" އަށް ފަހު މާއެނބޫ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް