"ފަހިޕޭ" މިހާރު ދިވެހި ބަހުން!

"ފަހިޕޭ" އެޕްލިކޭޝަންގެ ޕޯސްޓަރެއް...

ދިވެހި ޒުވާން ދެ ޑިވެލޮޕަރަކު ވެގެން ވުޖޫދު ކޮށްފައިވާ މޯބައިލް އެޕްލިކޭޝަން "ފަހިޕޭ" އަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. އެ އެޕަކީ ދިވެހިންނަށް ނުހަނު ގިނަ ފަސޭހަތައް ވެގެންދާ އެޕެކެވެ.

އެޕްލިކޭޝަން ދިވެހިންނަށް ތައާރަފްވި ފަހުން އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ދެ އަހަރު ވާއިރު އެޕުގައި ގިނަ ފީޗަރ ތައްވެސް ވަނީ އެކުލަވާލާފައެވެ. "ފަހިޕޭ"ގެ ހިދުމަށް އަންނަނީ ދުވަހަކަށް ދުވަހެއް އިތުރަށް ފަހިވަމުންނެވެ.

އަނެއްކާވެސް މިއޮތީ އެޕުގެ އިތުރު ތަފާތެކެވެ. މިއަދު މިވަނީ "ފަހިޕޭ" ދިވެހި ބަހުން ބޭނުން ކޮށްލުމުގެ މަގު ފަހިވެފައެވެ. އިނގިރޭސި އަދި ދިވެހި ބަހުން މިހާރު އެޕްގެ ފީޗަރސް ތައް ބޭނުން ކުރެވޭނެއެވެ.

"އެޕްގެ ފަހުގެ ވާޝަން އަޕްޑޭޓް ކޮށްފަ ވާނަމަ ދާނެ ނޮޓިފިކޭޝަންއެއް ބޭނުން ލޭންގުއޭޖަކުން ބޭނުން ކުރަން، ދިވެހި ބަހުން އެޕް ބޭނުންކޮށްލަން ލިބުން ވާނީ އިތުރު ފަސޭހައެއް ކަމަށް ގަބޫލުކުރަން،" "ފަހިޕޭ"ގެ މޭނޭޖިން ޑިރެކްޓަރ އަލީ އާރިފް ވިދާޅުވިއެވެ.

"ފަހިޕޭ" އެޕްލިކޭޝަންގެ ޕޯސްޓަރެއް...

އިތުރަށް ވާހަކަ ދައްކަމުން އާރިފް ވިދާޅުވީ، އަލަށް އެޕް ޑައުންލޯޑުކުރާ އިރުވެސް ބޭނުން ބަހެއް އިހްތިޔާރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"ފަހިޕޭ" އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އެޕެއްކަން ފާހަގަކޮށްލެވެއެވެ. މިހާރު "ފަހިޕޭ" އިން ލިބޭ ހިދުމަތްތަކަށް ބަލައިލާއިރު ފަސޭހަ ކަމާއެކު ރީލޯޑް އަދި ރާސްޓަސް ކޮށްލެވެއެވެ. އޭގެ އިތުރުން ދިރާގު އަދި އޫރިދޫގެ ހުރިހާ ބިލްތަކެއް ދައްކާލެވޭއިރު، ފެން ބިލް، ކަރަންޓު ބިލް އަދި މީޑިއާނެޓް ބިލްވެސް ދައްކާލެވޭނެއެވެ.

އެއްފަހަރާ ބައިވަރު ނަމްބަރުތަކަށް އެސްއެމްއެސް ފޮނުވާލެވޭނެ ގޮތަށް "ބަލްކް" އެސްއެސްމެސް އެޕުން ފަހިވެފައިވާއިރު މޯލްޑިސްވް ގޭސްގެ ގޭސް ފުޅިއަށް ވެސް މިހާރު އޯޑަރު ކޮށްލެވޭނެއެވެ. އަދި ބިލްތައް ޝެޑިއުލް ކޮށްލުމުގެ ފުރުސަތުވެސް "ފަހިޕޭ"އިން މިހާރު ވަނީ ފަހިވެފައެވެ.

"ފަހިޕޭ" މިހާރު ކުރިޔަށްވުރެއް ވެސް ފަހިވެފައިވާއިރު އެ އެޕާ ބެހޭ އިތުރު މައުލޫމާތެއް ސާފުކޮށްލަން ބޭނުންނަމަ "ފަހިޕޭ"ގެ ލޭންޑް ނަމްބަރ 4007004 އަށް ނުވަތަ ފޯން ނަމްބަރ 7997991 އަށް ގުޅާލާށެވެ.

* ފަހިޕޭ އެންޑްރޮއިޑް އެޕް

* ފަހިޕޭ އައިއޯއެސް އެޕް

* ފަހިޕޭ ވެބްސައިޓް

comment ކޮމެންޓް