ފާޑުކިޔުންތަކާ އެކު ކެވިން އޮސްކާ ހޯސްޓުކުރުން ދޫކޮށްލައިފި

ކެވިން ހާޓް---

އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑުގެ ހޯސްޓަކަށް ހަމަޖެއްސި ކެވިން ހާޓް އެ ހަފްލާ ހޯސްޓުކުރުން ދޫކޮށްލައިފި އެވެ.

ކެވިން އެ ހަފްލާ ހޯސްޓުކުރުން ދޫކޮށްލީ އޭނާކުރިން ކުރި ޓްވީޓްތަކެއްގެ މައްސަލައިގައި ގިނަ އާންމުންތަކެއް އޭނާއަށް ފާޑުކިޔުމާގުޅިގެންނެވެ.

ކެވިން އެ ހަފްލާ ދޫކޮށްލިކަން އޭނާގެ ޓްވީޓް އެކައުންޓްގައި ބުނެފައިވާ އިރު އޭނާ ކުރި ޓްވީޓްގައި ބުނީ "އޮސްކާ އެވޯޑް ހަފްލާ ހުށައެޅުމަކީ ދެކެމުން އައި ހުވަފެނެއް ނަމަވެސް މީހުންގެ އިހުސާސްތަކާ ކުޅެވުމުން ދެރަވާ" ކަމަށެވެ.

ހޯސްޓުކުރުމުގެ ފުރުސަތު ކެވިންއަށް ލިބުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު އޭނާ ބުނީ ލިބުނު ފުރުސަތަކީ ވަރަށް މުހިއްމު ފުރުސަތެއް ކަމަށާއި އަދި ކޮމީޑިއަނެއްގެ ގޮތުގައި ހުރެ މިކަހަލަ ފުރުސަތެއް ލިބުމުން އުފާވާ ކަމަށެވެ.

މި އަހަރާއި އޭގެ ކުރީ އަހަރު އެވޯޑް ހަފުލާ ހޯސްޓް ކުރީ މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް އެވެ.

އަންނަ އަހަރު އޮސްކާ ބާއްވާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް