ހެނބަދޫ އަތުން ބަލިވެ މިލަދޫއަށް އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ

ސިޔާމް މައުރޫފް ސޮކަރ ކަޕް 2018ގެ ގްރޫޕް ސްޓޭޖްގައި މިލަދުއާ ހެނބަދޫ ވާދަކުރި މެޗު ނިމުނީ 1-0 އިން ހެނބަދޫ މޮޅުވެގެން-- ފޮޓޯ: އެސްއެމްއެސްސީ

ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް "އޭ"ގެ މެޗުގައި، ހެނބަދޫއާ ވާދަކޮށް 1-0ގެ ނަތީޖާއަކުން މިލަދޫ ބަލިވެއްޖެއެވެ.

މިނަތީޖާއާއެކު މިލަދޫއަށް ވަނީ، ގްރޫޕްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެ ގްރޫޕްގައި މިލަދުއާއި ހެނބަދުއަށް ވެސް މިހާރު 6 ޕޮއިންޓް ލިބިފައިވާއިރު، 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫއެވެ.

އިއްޔެގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ހެނބަދޫއަށް ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނިޓްގައި އެޓީމުގެ 28 ނަމްބަރު އިބްރާހީމް ރަމީޒްއެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ (7 ޕޮއިންޓު)
  • މިލަދޫ (6 ޕޮއިންޓު)
  • ހެނބަދޫ (6 ޕޮއިންޓު)
  • މަނަދޫ (3 ޕޮއިންޓު)
  • މަގޫދޫ (3 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)

ގްރޫޕް ބީ

  • ލަންދޫ (4 ޕޮއިންޓު)
  • ހޮޅުދޫ (3 ޕޮއިންޓު)
  • ކުޑަފަރި (3 ޕޮއިންޓު)
  • މާފަރު (1 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު)

ސިޔާމް މައުރޫފް ކަޕުގައި މިއަދާއި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗުތަކެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ހޮޅުދުއާ ކުޑަފަރީއެވެ. އަދި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ވެލިދުއާ މާފަރެވެ.

comment ކޮމެންޓް