މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވައިފި

ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަމަލީ ގޮތުން ރައީސް ފައްޓަވައި ދެއްވަނީ -- -- ފޮޓޯ/ ރައީސް އޮފީސް

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފި އެވެ.

މިއީ މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

މާލޭގައި އެ ޕްރޮގްރާމް ރަސްމީކޮށް ފެއްޓުން އޮތީ ސްޓޭޑިއަމް ސަރަހައްދުގަ އެވެ.

ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަމަލީ ގޮތުން ފައްޓުން -- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަދު ޕްރޮގްރާމް ފައްޓަމުން އެންވަޔަރުމަންޓް މިނިސްޓްރީ އިން ބުނީ، "ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖު ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއްކަން ވިސްނައި ދިނުން ކަމަށެވެ. އަދި އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ.

އެ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑޮކްޓަރު ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކިއެކި ހިސާބުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވެގެން ދާނެ ކަމަށެވެ.

ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަމަލީ ގޮތުން ފައްޓުން -- ފޮޓޯ/ ރައީސް އޮފީސް

"މިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހިންގައިދެއްވުމަކީ ރަށްރަށުގެ ކައުންސިލްގެ ކިބައިންނާއި ސްކޫލުތަކުގެ ކިބައިންނާއި ރަށްރަށުގެ ވިޔަފާރިކުރާ މީހުންނާ އާންމުންގެ ކިބައިން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް، އަލުގަނޑުމެންގެ ކުންޏާމެދު އަޅުގަނޑުމެން ޒިންމާވާން ޖެހޭ." ޑރ. ހުސެއިން ވިދާޅުވި އެވެ.

comment ކޮމެންޓް