އޮސްކާގެ ހޯސްޓަކަށް ކެވިން ހާޓް ހަމަޖައްސައިފި

ކެވިން ހާޓް---

އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑުގެ ހޯސްޓަކަށް ކެވިން ހާޓް ހަމަޖައްސައިފިއެވެ.

ކެވިން އަކީ މަޝްހޫރު ކޮމީޑިއަނެކެވެ. އޮސްކާގެ އެވޯޑުގެ ހޯސްޓަކަށް ކެވިން ހަމަޖެއްސިކަން އެވޯޑު އިންތިޒާމްކުރާ ފަރާތް އޭއެމްޕީއޭއެސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ހޯސްޓުކުރުމުގެ ފުރުސަތު ކެވިންއަށް ލިބުމާ ގުޅިގެން އޭނާ ވަނީ ޓްވީޓެއް ވެސް ކޮށްފައެވެ. އޭނާ ކުރި ޓްވީޓްގައި ބުނީ މި ފުރުސަތަކީ ވަރަށް މުހިއްމު ފުރުސަތެއް ކަމަށާއި އަދި ކޮމީޑިއަނެއްގެ ގޮތުގައި ހުރެ މިކަހަލަ ފުރުސަތެއް ލިބުމަކީ އުފާވާ ކަމެއްކަމަށެވެ.

މި އަހަރާއި އޭގެ ކުރީ އަހަރު އެވޯޑް ހަފުލާ ހޯސްޓް ކުރީ މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް އެވެ.

އަންނަ އަހަރު އޮސްކާ ބާއްވާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް