ޔޫތު މިނިސްޓްރީގެ މުވައްޒަފުންގެ ދަރިން އޮފީހަށް ގެންދެވޭނެ އުސޫލެއް ކަނޑައަޅައިފި

ނޮވެމްބަރު 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ޔޫތު މިނިސްޓްރީގެ މުވައްޒަފުންގެ ދަރިން އޮފީހަށް ގެންދެވޭނެ އުސޫލެއް ހަމަޖައްސައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތުއްތު ދަރިންނަށް މައިންބަފައިން ވަޒީފާގައި އުޅޭ ވަގުތު، ޒިޔާރަތްކޮށް ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު މަހުލޫފުގެ މި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. މިއީ މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅުވެ، ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މަހުލޫފު ވަނީ މީގެ ކުރިން އޭނާގެ ކާރުކޮޅަށް ހާޢްސަ ޕާކިންޒޯނު ދޫކޮށްލައްވާ، އެޒޯނު އާންމުންނަށް ހުޅުވާލައްވައިފަ އެވެ.

comment ކޮމެންޓް