ނުވަ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

ސަރުކާރުގެ މިނިސްޓްރީތަކަށް ނުވަ ސްޓޭޓް މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ސްޓޭޓު މިނިސްޓަރުންނަށް އައްޔަނު ކުރެއްވި ބޭފުޅުންނަށް މިއަދު މެންދުރު ވަނީ އެކަމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ.

ސްޓޭޓު މިނިސްޓަރުންނަށް އައްޔަނު ކުރެއްވި ބޭފުޅުން:

1. ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހަސަން ޝުޖާއު

2. ފިނޭންސްގެ ސްޓޭޓު މިނިސްޓަރަކަށް އިސްމާއިލް އަލީ މަނިކު

3. ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓު މިނިސްޓަރަކަށް މުހައްމަދު އަލީ

4. ކޮމިއުނިކޭޝަން އެންޑް ސައިންސްގެ ސްޓޭޓު މިނިސްޓަރަކަށް އަލީ ސޯލިހު

5. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އަހުމަދު ރިޔާޒު

6. ފިޝަރީޒް އެގްގިކަލްޗާ އެންޑް މެރިން ރިސޯސަސްގެ ސްޓޭޓު މިނިސްޓަރަކަށް މުހައްމަދު އަހުމަދު

7. ޔޫތު އެންޑް ސްޕޯޓުސްގެ ސްޓޭޓު މިނިސްޓަރަކަށް އަޝްހާދު އަލީ

8. ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ ސްޓޭޓު މިނިސްޓަރަކަށް އަހުމަދު ނަޝީދު

9. ޖެންޑާ އެންޑް ފެމެލީގެ ސްޓޭޓު މިނިސްޓަރަކަށް ފަޒްނާ ޝާކިރު

މީގެ ކުރިން ވެސް 14 ސްޓޭޓު މިނިސްޓަރަކު ވަނީ އެކި މުވައްސަސާތަކަށް އައްޔަނު ކުރައްވައިފަ އެވެ.

comment ކޮމެންޓް