މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

މިއަދު ކުރިއަށް ގެންދިޔަ މާލެ ސާފުކުރުމުގެ ޕްރޮގްރާމްގައި މާލެ ތެރެއިން ނެގި ކުނި --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ

ރާއްޖެއަކީ ސާފު ރީތި ތަނަކަށް ހެދުމުގެ ގޮތުން "ސާފު ރާއްޖެ އަރެންގެ ޒިންމާ"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އެ ޕްރޮގްރާމް މާލޭގައި ފައްޓަވައިދެއްވާނީ އަންނަ ހޮނިހިރު ދުވަހު މާލޭގެ ޓާފް ދަނޑުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުުރު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑޮކްޓަރު ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކިއެކި ހިސާބުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވެގެން ދާނެ ކަމަށެވެ.

" މިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހިންގައިދެއްވުމަކީ ރަށްރަށުގެ ކައުންސިލްގެ ކިބައިންނާއި ސްކޫލުތަކުގެ ކިބައިންނާއި ރަށްރަށުގެ ވިޔަފާރިކުރާ މީހުންނާ އާންމުންގެ ކިބައިން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް، އަލުގަނޑުމެންގެ ކުންޏާމެދު އަޅުގަނޑުމެން ޒިންމާވާން ޖެހޭ." ޑރ. ހުސެއިން ވިދާޅުވިއެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުން އިތުރުވެފައިވާ މައްސަލައަށް އަލި އަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ މާލޭގައި ޑަސްބިން ބެހެއްޓިޔަސް އެކަަމުގެ ނާޖާއިޒް ފައިދާ ބަޔަކަށް ކުރާ ކަމަށާއި އަދި އެ ޑަސްބިންތައް ބެހެއްޓުމަށް ކުރަން ޖެހޭ ދިރާސާތައް މިހާރު ކުރަމުންގެންދާ ކަމަށެވެ.

މާލެ ސާފުކުރުމުގެ ޕްރޮގްރާމްތަކެއް މީގެ ކުރީ ސަރުކާރުތަކުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް