އަށް ގައުމަކަށް ސަފީރުން އައްޔަނު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިރު -- ފޮޓޯ/ ރައީސް އޮފީސް

އަށް ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރެއްވުމަށް ކަނޑައެޅުއްވި އަށް ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ސަފީރުންގެ ގޮތުގައި އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވި ބޭފުޅުން

1. ބްރަސަލްސްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޙަސަން ސޯބިރު، ގ.ފިޔާތޮށިގެ

2. އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޢާއިޝަތު މުޙައްމަދުދީދީ، ހ.ދޫރިހާ

3. ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޑޮކްޓަރ ޢަބްދުﷲ މަޢުސޫމް، ދަފްތަރު ނަންބަރު 4336

4. ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު ލަތީފް، ހ.ސީވީޑް

5. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޑޮކްޓަ ފަރަޙަނާޒް ފައިސަލް، ހ. އަމީނީގެ

6. އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ތިލްމީޒާ ޙުސައިން، މ.ނޫހިރި

7. މެލޭޝިޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ވިސާމް ޢަލީ، ހ. އާޒާދެވާދީ

8. ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް
ޢުމަރު ޢަބްދުއްރައްޒާގު، ހ. ހިކިފިނިފެންމާގެ

ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަނު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

comment ކޮމެންޓް