"މޯޓަލް އިންޖީންސް" އަދި "ކެދާނަތު" ހަފްތާ ބަންދުގައި ޝްވެކް ސިނަމާއަށް

މޯޓަލް އިންޖީންސް އަދި ކެދާނަތުގެ ޕޯސްޓަރެއް---

ކްރިސްޓިއަން ރިވާސް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "މޯޓަލް އިންޖީންސް" އަދި އަބީޝޭކް ކަޕޫރު ޑައިރެކްޓްކުރި ފިލްމު "ކެދާނަތު" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި ޕްރިމިއާކުރުމަށް ނިންމައިފިއެވެ.

ޝްވެކް ސިނަމާއިން ބުނީ ދެ ފިލްމަށް ވެސް މިހާރު ޓިކެޓް ބުކް ކުރެވޭނެ ކަމަށާއި ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާއިން ލިބެން ހުންނާނެ ކަމަށެވެ.

"މޯޓަލް އިންޖީންސް" އަކީ 100 މިލިއަން ޑޮރަލުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ބައެއް ކާސްޓުންގެ ތެރޭގައި ރޮބާޓް ޝީހަން، ހީރާ، ސްޓެފަން ލޭންގް އަދި ޕެޓްރިކް ހިމެނެއެވެ.

ސުޝާންތް ސިންހް އަދި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ "ކެދާނަތު" އަކީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތު ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

comment ކޮމެންޓް