ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރު ނަގަނީ

ވާވޭ މޭޓް 20 --

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު، ވާވޭ މޭޓް20 އަދި 20 ޕްރޯގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގުން ބުނެފައިވަނީ ޕްރީ އޯޑަރު ނަގާނީ ލިމިޓެޑުކޮށް، ފަސްޓް ކަމް ފަސްޓް ސާވް ބޭސިސް އިން ކަމަށެވެ. ދިރާގު މެދުވެރިކޮށް ފޯނު ގަންނަ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ޑޭޓާވެސް ލިބޭނެއެވެ.

ވާވޭ މޭޓްް 20، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަހަކަށް ދައްކަންޖެހެނީ 988 ރުފިޔާ އެވެ.

ދިރާގު ޕޯސްޓުޕެއިޑް ކަސްޓަމަރުން މޭޓް 20 ޕްރޯ، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަންތްލީ އިންސްޓޯލްމެންޓުގެ ގޮތުގައި 1148 ރުފިޔާއެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ޕްރީ އޯޑަރު ދީގެން ފޯނު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މޭޓް 20 އަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 10،999 ރުފިޔާ އަދި މެޓް 20 ޕްރޯ އަށް 15،999 ރުފިޔާ ދައްކަން ޖެހެއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރަށް ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދޭނެ ކަމަށެވެ. މި ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ބުނެއެވެ.

ވާވޭ މޭޓް 20 ސީރީޒްގައި ދުނިޔޭގެ އެންމެ ފުރަތަމަ 7އެންއެމް މޮބައިލް އޭއައި ޗިޕްސެޓް ހިމަނާފައިވާއިރު މި ފޯނުގައި އަލްޓްރާ ވައިޑް ތިން ކެމެރާ ލެންސް ހިމެނެއެވެ.

މީގެ އިތުރުން މިއީ ފުރަތަމަ އޭއައި ސިނަމޮޓޯގްރަފީ ފޯނެވެ. ފާސްޓް ޗާޖިން އާއެކު މި ފޯނު ރީތި ކުލަތަކަކުން ގަންނަން ލިބޭނެއެވެ.

comment ކޮމެންޓް