ބަނޑު ބޮޑުކަމަށް ދެކެވުނު ވާހަކަ އަނުޝްކާ ދޮގުކޮށްފި

ވިރާޓް އަދި އަނުޝްކާ---

ބަތަލާ އަނުޝްކާ ޝަރްމާ ބަނޑު ބޮޑު ކަމަށް ދެކެވުނު ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

މިދުވަސްކޮޅު މީޑިއާތަކުގައި އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކައަކީ އަނުޝްކާ ބަލިވެއިން ވާހަކައެވެ. ފިލްމީ ދާއިރާއާ މިވަގުތު ދުރަށްޖެހިލާނެ ކަމަށް އަނުޝްކާ ބުނުމާ ގުޅިގެން ގިނަ ބަޔަކު ސިފަކުރީ އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިނީކަމަށެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނީ "އަހަރެން ބަނޑު ބޮޑެއް ނޫން. މީހުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ"ކަމަށެވެ.

ދަރިއަކު ހޯދުމުގެ ޕްލޭނެއް މިވަގުތު އަދި ނެތް ކަމަށްވެސް ކުޅަދާނަ ބަތަލާ ބުންޏެވެ.

ލޯބީގެ ގޮތުން ހަތަރު އަހަރު ގުޅިގެން އުޅުމަށް ފަހު، އަނުޝްކާ އާއި ވިރާޓު ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިޓަލީގައެވެ.

comment ކޮމެންޓް