ބަފްޓާ އެވޯޑް ބާއްވާ ތާރީހު އަވަސްކޮށްފި

2016 ވަނަ އަހަރު ބޭއްވި ބަފްޓާ އެވޯޑުގެ ތެރެއިން---

ބަފްޓާ އެވޯޑް 2020 ގައި ބާއްވާ ތާރީހު އަވަސް ކުރަން ނިންމައިފި އެވެ.

ބްރިޓިޝް އެކެޑެމީ އޮފް ފިލްމު އެންޑް ޓެލެވިޝަން އާޓްސް އިން ބުނީ އެ އެވޯޑު ހަފްލާ ބާއްވާނީ 2020 އިން ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުގައި ކަމަށެވެ.

ކުރިން މި ހަފްލާ ބާއްވަން ނިންމީ 2020 ވަނަ އަހަރު ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބަފްޓާ އެވޯޑު ބާއްވާ ތާރީހު އަވަސްކުރިއިރު އޮސްކާ އެވޯޑު ބާއްވާ ތާރީހު ވެސް ވަނީ އަވަސްކޮށްފައެވެ.

ބަފްޓާ އެވޯޑް ބާއްވާ ތާރީހު އަވަސްކުރީ އޮސްކާގެ ކުރިން އެ އެވޯޑް ހަފްލާ ބޭއްވުމަށް ކަމަށް ހަބަރުތައް ބުނެއެވެ.

އެ އެވޯޑަކީ އެމެރިކާއިން ހޮލީވުޑްގެ އުފެއްދުންތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

އަންނަ އަހަރު ބާއްވާ 72 ވަނަ ބަފްޓާ އެވޯޑްސް ބާއްވާނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު