ވިޔަފާރިވެރިޔާ ސަންލޭންޑް ހިލްމީ ހައްޔަރުކޮށްފި

ވިޔަފާރިވެރިޔާ ހުސެއިން ހިލްމީ

ސަންލޭންޑް ހޮޓެލްސްގެ ހިއްސާދާރެއް ކަމަށްވާ، ވިޔަފާރިވެރިޔާ ހުސައިން ހިލްމީ، ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ހިލްމީ ހައްޔަރުކުރީ ބައުންސް ޗެކްތަކެއްގެ މައްސަލައިގެ ތުހުމަތުގަ އެވެ. އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ހިލްމީގެ މަޗަށް ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ޖުލައި މަހާ ހަމަ އަށް އެކި ފަހަރު މަތިން އެކި މިންވަރަށް ފައިސާ ދައްކައި، އެ ދަރަނި ޚަލާސް ކުރުމަށް ހުކުމްގައި ވަނީ ބުނެފައެވެ.

އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ދެއްކެވި ކަމެއް އަދި ނުދައްކާ ކަމެއްވެސް ސާފެއް ނުވެއެވެ.

ހުސައިން ހިލްމީގެ ހިއްސާދާރުކަން އޮންނަ ސަންލޭންޑް ޓްރެވަލްސް އަކީ ރާއްޖޭގައި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުންޏެވެ.

comment ކޮމެންޓް