18000 ލީޓަރުގެ ކޮފީ ގިރައިގެން ހޮންޑިއުރަސް އިން ރެކޯޑު ހަދައިފި

އަށާރަ ހާސް ލީޓަރުގެ ކޮފީ ގިރައިގެން އެންމެ ގިނައިން ކޮފީގިރި ގައުމުގެ ރެކޯޑު ހޮންޑިއުރަސް އިން ހޯދައިިފި އެވެ.

މީގެ ކުރިން މި ރެކޯޑު އޮތީއިނގިރޭސި ވިލާތުގަ އެވެ. އެ ގައުމުން މި ރެކޯޑުހެދީ 13،200 ލީޓަރުގެ ކޮފީ ގިރައިގެންނެވެ.

އިނގިރޭސިންގެ ރެކޯޑު މުގުރާލައި ހޮންޑިއުރަސް އިން ހުކުރު ދުވަހު ވަނީ ގިނިސް ވޯލްޑު ރެކޯޑުން ޖާގަ ހޯދައިފަ އެވެ. ހޮންޑިއުރަސް އަކީ ދުނިޔޭގައި ފަސް ވަނަ އަށް އެންމެ ގިނައިން ކޮފީ އުފައްދާ ގައުމެވެ.

ވޯލްޑު ރެކޯޑު ހެދުމަށް ހޮންޑިއުރަސް އިން ކޮފީ ގިރުމަށް 15730 ލީޓަރިގެ ފެނާއި 2270 ލީޓަރުގެ ކޮފީ އެސެންސް ބޭނުން ކުރި އެވެ.

ހޮންޑިއުރަސް އިން ކޮފީ ގިރަން ބޭނުންކުރީ ސްޓީލުން ހަދާ، ބޭރުގައި ސެރެމިކް ޕޮލިޝްއެއް ލާފައި ހުރި މި ޖޯޑަށް ވަނީ އެންމެ ބޮޑު ކޮފީ ޖޯޑުގެ ރެކޯޑު ވެސް ލިބިފަ އެވެ.

comment ކޮމެންޓް