ފަހު ވަގުތު ޖެހި ގޯލުން މަނަދޫ އަތުން ކެނދިކުޅުދޫ މޮޅުވެއްޖެ

އިއްޔެ މަނަދޫ އާއި ކެނދިކުޅުދޫ ބައްދަލު ކުރި މެޗުގެ ތެރެއިން---

ސިޔާމް މައުރޫފް ސޮކާރކަޕްގައި އިއްޔެ މަނަދޫއާއި ކެނދިކުޅުދޫ ބައްދަލު ކުރި މެޗުން ކެނދިކުޅުދޫ މޮޅުވެއްޖެ އެވެ.

މުބާރާތް ބާއްވާ ރަށް ކަމަށްވާ ކެނދިކުޅުދޫ އާއި މަނަދޫ ބައްދަލު ކުރި މެޗު ކެނދިކުޅުދޫ ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ހަމައެކަނި ގޯލަކީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކެނދިކުޅުދޫ އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ، މޭން އޮފް ދަ މެޗު ކަން ހޯދި، ކެނދިކުޅުދޫ ޓީމުގެ ޖާޒީ ނަމްބަރު ހަތެއް، އަލީ ބުޝްރީ އެވެ.

ކެނދިކުޅުދޫ އާއި މަނަދޫ ހިމެނޭ ގްރޫޕުގައި، އެ ދެ ޓީމު ފިޔަވައި އެހެން ހުރިހާ ޓީމެއް އަދި ކުޅެފައި ވަނީ ދެ މެެޗެވެ. ކެނދިކުޅުދޫ އާއި މަނަދޫ މިހާރު ވަނީ ތިން މެޗު ކުޅެފަ އެވެ.

އިއްޔެގެ ނަތީޖާއާ އެކު އެއް މެޗު އިތުރަށް ކުޅެގެން ކެނދިކުޅުދޫ މިވަގުތު އޮތީ ގްރޫޕް އޭގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް މިލަދޫއަށް ހަ ޕޮއިންޓު ލިބިފައިވާ އިރު، ދެން މިލަދޫ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމު ގްރޫޕުގެ އެއްވަނައަށް އަރާނެ އެވެ.

ގްރޫޕް އޭ

  • ކެނދިކުޅުދޫ (7 ޕޮއިންޓު)
  • މިލަދޫ (6 ޕޮއިންޓު)
  • ހެނބަދޫ (3 ޕޮއިންޓު)
  • މަނަދޫ (3 ޕޮއިންޓު)
  • މާޅެންދޫ (1 ޕޮއިންޓު)
  • މަގޫދޫ (0 ޕޮއިންޓު)

ގްރޫޕް ބީ

  • ލަންދޫ (4 ޕޮއިންޓު)
  • ހޮޅުދޫ (3 ޕޮއިންޓު)
  • ކުޑަފަރި (3 ޕޮއިންޓު)
  • މާފަރު (1 ޕޮއިންޓު)
  • ވެލިދޫ (0 ޕޮއިންޓު)

ސިޔާމް މައުރޫފް ކަޕުގައި މިއަދު ބައްދަލު ކުރާނީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ މާޅެންދޫ އާއި މަގޫދޫ އެެވެ.

comment ކޮމެންޓް