ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވަން ހުއްދަދީފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

މި ގަވައިދަށް އިސްލާހު ގެނެސް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެ ކަމަށެވެ.

އެގޮތުން ހުޅުވާފައި ބެހެއްޓޭނީ ކަމާބެހޭ ގާނޫނާއި ގަވައިދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ލިބިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަންކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭނެ އެވެ.

މީގެ ކުރިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު ފަހަކުން މެންދަމު ބާރައަށެވެ.

ހޮޓާ ކެފޭ ރެސްޓޯރެންޓާއި ފިހާރަތައް ވެސް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

comment ކޮމެންޓް