ފުރަތަމަ ވިމެން ބެލޮންޑިއޯ އެވޯޑް އާދާ ހެގަބާގްއަށް

ވިމެން ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާ އާދާ ހެގަބާގް---

މުޅިން އަލަށް ތައާރަފްކުރި ވިމެން ބެލޮންޑިއޯ އެވޯޑް ފުރަތަމަ ފަހަރަށް ލިޔޯން އަދި ނޯވޭގެ ކުޅުންތެރިޔާ އާދާ ހެގަބާގް 23، އަށް ލިބިއްޖެއެވެ.

މިއީ ބެލޮންޑިއޯ ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިޔަކަށް ދިން ފަހަރެވެ.

ސްޓްރައިކަރެއްގެ މަގާމަށް ލީއޯން ކުލަބަށް ކުޅެމުން އަންނަ އާދާ ވަނީ ޗެމްޕިއަންސް ލީގުގައި އެ ކުލަބަށް ޖުމްލަ 15 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ހޮވާލެވުނު 15 ކުޅުންތެރިންގެ ތެރެއިން އާދާއަށް އެ އެވޯޑު ހައްގުކަމަށް 45 ނޫސްވެރިން ވަނީ އެއްބަސްވެފައެވެ.

އެވޯޑާ ހަވާލުވުމަށްފަހު އާދާ ބުނީ މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރު އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބުނު ހިއްވަރެއް ކަމަށެވެ. އަދި މިއީ ފުޓްބޯޅަ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ވިމެން ބެލޮންޑިއޯ ގަދަ ފަހެއް

1. އާދާ ހެގަބާގް

2. ޕެނިލާ ހާޑާ

3. ޒެނިފާ މަރޮޒޭން

4. މާޓާ

5. ސޭމް ކާ

comment ކޮމެންޓް