ރޮނާލްޑޯއަށް ބެލޮންޑިއޯ އެވޯޑް ނުލިބުމުން އޭނާގެ ދައްތަ ރަތަށް!

ރޮނާލްޑޯ އޭނާގެ ދެ ދައްތަ އެލްމާ އަދި ކާތިއާ އާ އެކު---

ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ ތަރި ލޫކާ މޮޑްރިޗް މިވަނީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރަމުން އައި ދެ ތަރީން ކަމަށްވާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ލިއޮނަލް މެސީގެ އަޑު ކަނޑުވާލައި، މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދައިފައެވެ.

މޮޑްރިޗަށް އެވޯޑު ދިނުމުން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ، އޭނާގެ ދައްތަ އެލްމާ އަވީރޯ އެވެ. އޭނާ ވަނީ އެވޯޑް ދިނީ ނުހައްގުން ކަމަށް ބުނެފައެވެ.

އެލްމާގެ އިންސްޓަގްރާމް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "އަހަރެމެން ދިރިއުޅެމުން ގެންދާ ދުނިޔެއަކީ އެއްވެސް އިންސާފެއްނެތް،" ތަނެއްކަމަށެވެ.

"މީގައި ފައިސާގެ މުއާމަލާތެއް ވަނީ ކޮށްފައި،"

އެލްމާގެ އިތުރުން ރޮނާލްޑޯގެ އެހެން ދައްތައެއް ކަމަށްވާ ކާތިއާ ވެސް ވަނީ އެކަމަށް ވަރަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށާއި ފުޓްބޯޅަ ރަނގަޅަށް ދަންނަ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެކަމަށެވެ.

ބެލޮންޑިއޯ އެވޯޑް އެންމެ ގިނައިން ހޯދައިފައިވާ ދެކުޅުންތެރީންނަކީ ރޮނާލްޑޯއާއި މެސީއެވެ. މިއިން ކޮންމެ ކުޅުންތެއަކުވެސް ވަނީ ފަސް ފަހަރެއްގެ މަތިން އެވޯޑް ހާސިލްކޮށްފައެވެ.

އެވޯޑް ނުލިބޭނެކަން އެނގޭތީ ރޮނާލްޑޯ މިފަހަރުގެ އެވޯޑް ހަފްލާގައި ބައިވެރިވެސް ނުވެއެވެ.

comment ކޮމެންޓް