"ގޭމް އޮފް ތްރޯންސް"ގެ ބަތަލާ ސޯފީގެ ކައިވެނި އަންނަ އަހަރު

ޖޯއީ ޖޯނަސް އާއި ސޯފީ ޓާނާ--

މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް"އިން ވިދާލި ތަރި ސޯފީ ޓާނާ 22، އަންނަ އަހަރު ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭނާ ކައިވެނިކުރަން އުޅެނީ ލޯބިވެރިޔާ އެކްޓަރު ޖޯއީ ޖޯނަސްއާ 29، އެވެ. ޖޯއީ އަކީ ބަތަލާ ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެއެވެ. ދެތަރިން ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ކައިވެނިކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

ޖޯއީ އާއި ސޯފީ އެންގޭޖްވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދެތަރިންގެ ކައިވެނި ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެފަދަ ވީޑިއޯއެއް އިންސްޓަގްރާމަށް ވަނީ ލައިފައެވެ. އެ ޕޯސްޓް ފަހުން ޑިލީޓް ކުރި ނަމަވެސް ދެތަރިންގެ ފޭނުން ވަނީ ވީޑިއޯ ސޭވްކުރުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެދެތަރިން ވަނީ ދާދި ފަހުން ބޭއްވި ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ކައިވެނި ހަފްލާގައި ވެސް ބައިވެރިވެފައެވެ.

ސޯފީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޖޫން ހަތެއްގައި ރިލީޒްކުރާ "ޑާކް ފީނިކްސް" އެވެ.

comment ކޮމެންޓް