ދެ ކޮމިޝަނަށް ގާނޫނީ ބާރުދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

ރައީސް އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ބިލް ހުށަހެޅުވި، އަލިފުށި ދާއިރަގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން --- ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތެރިވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ.

އެ ބިލަށް ދީފައިވާ ނަމަކީ ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަ ބެލުމުގެ ބިލެވެ.

މަދާމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށެވެ.

ރައީސް އުފެއްދެވި ދެ ކޮމިޝަންގެ ތެރެއިން މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ބޭފުޅުން ވަނީ އައްޔަން ކުރައްވާފައެވެ. އަދި އެ ކޮމިޝަނުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް އަދި ބޭފުޅުން އައްޔަން ކުރައްވާފައެއްނުވެއެވެ.

comment ކޮމެންޓް