އަލިފާނުގެ ހާދިސާގައި ފިހުނު ފުލުހަކު މާލެ ގެންނަނީ

ވިލިނގިލީ ޕޮލިސްޓޭޝަންގެ، ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވެ އަނދަނީ: ވިލިނގިލީ ޕޮލިސްޓޭޝަންގެ، ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޯވެ، އަނިޔާވި ދެ ފުލުހުން މިހާރު ވަނީ ތިނަދޫ އަށް ފުރުވަލައިފަ -- ސަން ފޮޓޯ/ކިޔުންތެރިއެއް

ގއ. ވިލިނގިލީގައި ތިބޭ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފުލުހަކު މާލެ ގެންނަން ނިންމައިފި އެވެ.

އެ ހާދިސާގައި ފިހުނު ފުލުހުންގެ ތެރެއިން އެކަކަށް ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާމެދުންދާ އިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން "ސަން" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ފުލުސްމީހާ އަށް އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމާފައި ވަނީ އާއިލާގެ ފަރާތުން ކަމަށެވެ.

https://sun.mv/112398

އެ ފުލުސް މީހާގެ ހަށިގަނޑުގެ 21 ޕަސެންޓު ފިހިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލުން ބުނީ ފިހުނު ޕޮލިސްމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި އަނެއް ފުލުސްމީހާއަށް މާބޮޑު ގެއްލުމެއް ނުލިބޭކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

https://sun.mv/112399

އަލިފާން ރޯވީ ދެ ފުލުހުން ނިދާފައި ތިބި ކޮޓަރީގައި ކަމަށް ވިލިނގިލިން މައުލޫމާތު ދެއްވި އެ ރަށު ކައުންސިލްގެ މެންބަރު ހަބީބު ހަސަން ރޭ ވިދާޅުވި އެވެ. ހާދިސާ ހިނގީ އެ ދެފުލުހުން ނިދާފައި ތިބި ކޮޓަރީގައި ކަރަންޓު ޝޯޓެއްވެގެން ކަމަށް ވެސް ހަބީބު ރޭ ސަން އަށް ވިދާޅުވި އެވެ.

comment ކޮމެންޓް