ވާވޭ ނޯވާ4: ފްރަންޓް ކެމެރާ ޕަންޗް ހޯލަކުން!

ވާވޭ ނޯވާ 4ގެ ޑިޒައިން!-- ފޮޓޯ: ގިޒްމޯޗައިނާ

ކެމެރާގެ ނޮޗް ނުހިމެނުމަކީ މިހާރު އެންމެ ފަހުގެ ޓްރެންޑެވެ. ކޮންމެ ކުންފުންޏަކުންވެސް ބަލަނީ އެންމެ ކުޑަނޮޗް އެއް ހިމަނައިގެން ފޯނު ނެރުމަށެވެ. މިކަމުގެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ސެމްސަންގު އަދި ވާވޭ ފާހަގަކުރެވެއެވެ.

ވާވޭގެ ނޯވާ 4 އަންނަ އަހަރު ނެރެން ނިންމާފައިވާއިރު މި ފޯނުގެ ޑިޒައިންކަމަށް ބެލެވޭ ޑިޒައިނެއް މިހާރު ވަނީ އާންމުވެފައެވެ. މި ޑިޒައިނުން ފެންނަނީ ފޯ ނުގެ ފްރަންޓު ކެމެރާ، އެއްކަނެއްގައި "ޕަންޗު ހޯލެއް" އިންނަގޮތަށް ހިމަނާފައިވާތަނެވެ.

ވާވޭ ނޯވާ 4ގެ ޑިޒައިން!-- ފޮޓޯ: ގިޒްމޯޗައިނާ

މިޑިޒައިނަކީ ފަހަރުގައި އެންމެ ފުރަތަމަ މާ ކަމުގޮސްދާނެ ޑިޒައިނަކަށް ނުވެދާނެއެވެ. އެކަމަކު ދުވަސްކޮޅަކުން އެކަމަށް ހޭނިދާނެ ކަމަށް ބެލެވެއެވެ.

ވާވޭގެ އިތުރުން ސެމްސަންގުން ވެސް ވަނީ ނޮޗް ނުހިމަނާ އިންފިނިޓީ އޯ ސްޓައިލްގެ ޑިޒައިންތައް މުސްތަގުބަލުގައި ގެލެސްކީ ސީރީޒްގެ ފޯނުތަކުގައި ހިމަނަން ނިންމައިފައެވެ.

ނޯވާ4 އާ ގޫޅޭ އިތުރު ވާހަކަތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އާންމުކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް