ރަފީގެ މިލޭނިއަމް އެމްބެސެޑާސް ކޭމްޕް ކޮލޮމްބޯގައި ކާމިޔާބުކަމާއެކު ނިންމާލައިފި

ރަފީ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޯޗިންގް ކޭމްޕު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރަފީ ޖަމިއްޔާ

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ސްރީލަންކާގައި ކުރިއަށް ގެންދިޔަ މިލޭނިއަމް ޔޫތު އެމްބަސެޑާސް ކޯޗިން ކޭމްޕު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މި މަހުގެ 22 އިން 28 އަށް ކުރިއަށް ދިޔަ މި ކޭމްޕުގައި 28 ފަރާތަކުން ބައިވެރިވިއެވެ. އެއީ 15 އެމްބެސެޑަރުންނާއި، ހަ ސީނިއާ އެމްބެސެޑަރުންނާއި އިތުރު ހަތް ޒުވާނުންނެވެ.

ކޭމްޕުގެ ބައިވެރިން ހޮވާލެވުނީ ރަފީ ޖަމިއްޔާއިން އޮކްޓޫބަރު މަހު ރާއްޖޭގައި ކުރިއަށް ގެންދިޔަ މިލޭނިއަމް ޔޫތު ލީޑާސް ކޭމްޕުގެ ތެރެއިންނެވެ.

ކޮލޮމްބޯގައި ކުރިއަށް ދިޔަ މިލޭނިއަމް އެމްބެސެޑާސް ކޯޗިންގް ކޭމްޕުގައި އިޖުތިމާއީ އެކިއެކި މައުޟޫއުތަކާ ބެހޭ ސެޝަންތައް ކުރިއަށް ދިޔައެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި، އިޖްތިމާއީ ވިޔަފާރި (ސޯޝަލް އޮންޓްރަޕްރަނާޝިޕް) ފަދަ ދާއިރާތައް ހިމެނެއެވެ.

https://sun.mv/110747

ކޭމްޕު ނިންމުމަށް ކޮލޮމްބޯގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޯޗިންގް ކޭމްޕުގެ ބެސްޓް އޯލްރައުންޑަކަށް ހޮވުނީ އައިމިނަތު ރީމާ ރަޝީދެވެ. ރީމާގެ އިތުރުންވެސް އެކި ގޮތްގޮތުން ކޭމްޕުން ފާހަގަކޮށްލެވުނު ފަސް ބައިވެރިއަކު ވަނީ ހޮވާފައެވެ.

ރަފީ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޯޗިންގް ކޭމްޕުގެ ބެސްޓް އޯލް ރައުންޑް ބައިވެރިޔާއާއެކު ޔޫތު މިނިސްޓަރު މަހުލޫފް އަދި ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް ޑރ. އާއިޝަތު ރަފިއްޔާ -- ފޮޓޯ/ ރަފީ ޖަމިއްޔާ

ރަފީ ޖަމިއްޔާއިން ބުނީ ސްރީލަންކާގައި މި ކޭމްޕު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކޭމްޕުގެ ޓައިޓަލް ސްޕޮންސަރ އުރީދޫ މޯލްޑިވްސްއާއި، ގޯލްޑް ސްޕޮންސަރ އެސްޓީއޯ އަދި ޕާޓްނަރުން ރޭޑިއަންޓް ހީޓް، ބްލެކް ފައުންޑޭޝަން އަދި ބްލިންކްސް މީޑިއާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

comment ކޮމެންޓް