ދެ ބިދޭސީއަކަށް ހަމަލާދީ، ޕިކަޕަކަށް ގެއްލުންދީފި

ގެއްލުން ދިން ޕިކަޕް --- ފޮޓޯ/ކިޔުންތެރިޔެއް

މާލޭގައި ދެ ބިދޭސީއަކަށް ހަމަލާދީ އެމީހުން ތިބި ޕިކަޕަށް ގެއްލުން ދީފިއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި މިރޭ 22:30 އެހައިކަންހާއިރު ބުރުޒުމަގު ބޭބީ ކެއާ ފިހާރަ ކުރިމަތިން ހަ މީހުންގެ ގްރޫޕަކުން ވަނީ އަތުންނާއި ފައިން ޖަހައި އެ ޕިކަޕަށް ގެއްލުންދީ، އޭގައި ތިބި ދެ ބިދޭސީއަކާ މެދު މާރާމާރީ ހިންގާފައެވެ.

"އަތުންނާއި ފައިންް ޖަހައި އެ ޕިކަޕަށް، ހަ މީހުން ވެގެން ގެއްލުން ދިނުމަށްފަހު، އެ ޕިކަޕްގެ ޑްރައިވަރަށާއި އަދި އެ ޕިކަޕްގެ ފަހަތުގައި ހުރި ބިދޭސީ މީހާއާ މެދު ވަނީ މާރާމާރީ ހިންގާފައި،" މަންޒަރު ފެނުނު މީހާ ކިޔައިދިނެވެ.

އެ ހާދިސާގައި އެ ޕިކަޕުގެ ބިއްލޫރިތައް ވަނީ ތަޅާލައިފައެވެ. އަދި އެ ޕިކަޕްގެ ދެ ލޯގަނޑު ވެސް ވަނީ ތަޅާލައިފައެވެ. އެ މާރާމާރީގައި ޕިކަޕުގައި ތިބި ދެ ބިދޭސީންނަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ.

އެ ހާދިސާ ހިނގުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ދިޔައެވެ. ނަމަވެސް އޭރު އެ ހަ މީހުން ވަނީ ފިލާފައެވެ.

comment ކޮމެންޓް