މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ސްކޫލު ބަންދާ ދިމާކޮށް މާލޭގެ މަގުތަކުގައި ވިޔަފާރިތަކަށް މުދާ އުފުލޭ ގަޑިތަކަށް ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަ ކުރުމަށް، މި އަހަރުގެ ކުރީ ކޮޅު ވަނީ މުދާ އުފުލޭ ގަޑި ހަވީރު 18:00 އިން ހެނދުނު 6:00 އަށް ބަދަލު ކޮށްފަ އެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ސްކޫލު ބަންދުގެ ނިޔަލަށް މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން އިއުލާނު ކުރައްވައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އެ ނިންމުމަކީ ގިނަ ވިޔަފާވެރިންގެ އެދުމުގެ މަތިން ނިންމެވި ނިންމުމެއް ކަމަށެވެ.

"މިއަދުން ފެށިގެން އަޅުގަނޑުމެން މި ގެނައި ބަދަލަކީ މިއީ ސްކޫލު ބަންދު ދުވަސްވަރަކަށް ވެފައި އެކަމާ ގުޅިގެން ވިޔަފާރިވެރިން ބުނާ އަދި ބައެއް އެހިނިހެން ފަރާތްތަކުން ވެސް އިތުރު ލުޔެއް ދިނުމަށް އެދިވަޑައިގަންނަވަމުން ދާތީ، އަޅުގަނޑުމެން މަޝްވަރާ ކުރުމަށް ފަހު މި ނިންމީ ސްކޫލު ހުޅުވެންދެން، އެއީ 13 ޖެނުއަރީ 2019ގެ ނިޔަލަށް އިތުރު ވަގުތުތަކެއް، އެމްޕީއެލް ސަރަހައްދުން މުދާ ނެރެގެން ގެންދިއުމަށް ޓަކައި ހުއްދަ ދިނުމަށް." ރަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބިސް، އަލުވި، ފިޔާ އަދި ހަލާކުވާ ފަދަ އެހެނިހެން ތަކެތި ގުދަން ކުރުމަށް ގެންދިޔުމަށް 24 ގަޑިއިރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކޮންޓެއިނަރުތަކުގައި ހުންނަ މުދާތައް ވެކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް ޕިކަޕްތަކާއި ލޮރީތަކުގައި އުފުލޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

މިއަދު ގެނައި އެ ބަދަލަކީ އަންނަ އަހަރު ސްކޫލު ހުޅުވުމުގެ ނިޔަލަށް ގެނެސްފައިވާ ބަދަލެކެވެ. ސްކޫލު ހުޅުވުމުން އަނެއްކާ ވެސް މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނާނެ އެވެ.

މުދާ އުުފުލާ އިރު، އެއްފަހަރާ ގިނަ އަދަދެއްގެ މުދާ ލޮރީތަކަށް އަރުވައިގެން ދަތުރު ކުރާ ކަމަށާއި އެއީ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ކަމަށް ވެސް މިއަދު ރަފީއު ވިދާޅުވި އެވެ. އެހެން ކަމުން މުދާ އިފުލުމުގައި ސަލާމުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

comment ކޮމެންޓް