ޕްރިންސް ހެރީއާ މޭގަން ޝާހީ ގަނޑުވަރު ދޫކޮށްލައްވަނީ

ޕްރިންސް ހެރީ އާއި މޭގަން މާކަލް ނިއުޒިލެންޑަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ގެޓީ އިމޭޖަސް

ޕްރިންސް ހެރީ އާއި މޭގަން މާކަލް އަށް ދަރިކަލަކު ލިބިލައްވަންވައިރަށް އެދެކަނބަލުން މިހާރު ދިރިއުޅުއްްވާ ކެންޒިންޓަން ޕެލަސް ދޫކޮށްލައްވަން ނިންމަވައިފިއެވެ.

ކައިވެންޏަށްފަހު ދެކަނބަލުން އުޅުއްވަމުން ގެންދެވީ ކެންޒިންޓަން ޕެލަސްގައި ހުންނަ ނޮތިންހަމް ކޮޓޭޖްގައެވެ. ކެންޒިންޓަން ޕެލަސް އިން ބުނެފައިވަނީ އެދެކަނބަލުން ދެން ދިރިއުޅުއްވާނީ ވިންޑްސާ އެސްޓޭޓުގައި ހުންނަ ފްރޮގްމޯ ކޮޓޭޖުގައި ކަމަށެވެ.

ނަމަވެސް ޑޫކް އެންޑް ޑަޗެސްގެ އޮފީސް އަދިވެސް ހިންގާނީ ކެންޒިންޓަން ޕެލައިސްގައި ކަމަށް ބުނެފައިވެއެވެ.

ޕްރިންސް ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމްސްގެ އާއިލާ ވެސް ދިރިއުޅުއްވަނީ ކެންޒިންޓަން ޕެލަސްގައެވެ.

އަންނަ އަހަރުގެ ބަހާރު މޫސުމުގައި ޕްރިންސް ހެރީ އަށާއި މޭގަން އަށް ފުރަތަމަ ދަރިކަލުން ލިބިލައްވާނެއެވެ. އެ ދަރިކަލުން ވާނީ އިނގިރޭސި ތަހުތަށް ހަތްވަނަ އަށް ވާދަކުރައްވާ ޝާހީ ބޭފުޅާ އަށެވެ.

comment ކޮމެންޓް