"ފަހިޕޭ" ކުރިޔަށްވުރެ ވެސް ފަހި!

ފަހިޕޭ އެޕްލިކޭޝަން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކިޔުގައިޖެހި ބިލްތައް ދެއްކުން ހުއްޓުމަކަށް ގެނައީ "ފަހިޕޭ" އެޕްލިކޭޝަނޭ ބުނެވިދާނެއެވެ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވުޖޫދުވި މި އެޕް ވެގެންދިޔައީ އެތައް ގޮތަކުން ލުއިފަސޭހަތަކެއް ގެނެސްދިން އެޕަކަށެވެ. ފިހާރަތަކަށް ނުގޮސް ގޭގައި ތިބެގެން ފޯނަށް ކްރެޑިޓް އެޅުމުގެ މަގުވެސް ފަހިވެގެން ދިޔައެވެ.

ރާއްޖޭގެ ގިނަ ބަޔަކު މިހާރުވެސް އެ އެޕްގެ ހިދުމަތް ހޯދައެވެ. "ފަހިޕޭ" އެޕް ގޫގުލް އަދި އެޕަލް ސްޓޯރުން ވެސް ޑައުންލޯޑުލުރެވޭނެއެވެ.

ފަހިޕޭގެ މެނޭޖިން ޑިރެކްޓަރ އަލީ އާރިފް "ސަން" އަށް ވިދާޅުވީ، "ފަހިޕޭ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.

ކައިރި މުސްތަގުބަލުގައި ފަހިޕޭ މެދުވެރިކޮށް އިތުރު ހިދުމަތްތަކަކާއި ފަސޭހަތަކެއް ފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.

"ފަހިޕޭ" އެޕްލިކޭޝަންގެ ޕޯސްޓަރެއް....

މިހާރު "ފަހިޕޭ" އިން ލިބޭ ހިދުމަތްތަކަށް ބަލައިލާއިރު ފަސޭހަ ކަމާއެކު ރީލޯޑް އަދި ރާސްޓަސް ކޮށްލެވެއެވެ. އޭގެ އިތުރުން ދިރާގު އަދި އޫރިދޫގެ ހުރިހާ ބިލްތަކެއް ދައްކާލެވޭއިރު، ފެން ބިލް، ކަރަންޓު ބިލް އަދި މީޑިއާނެޓް ބިލްވެސް ދައްކާލެވޭނެއެވެ.

އެއްފަހަރާ ބައިވަރު ނަމްބަރުތަކަށް އެސްއެމްއެސް ފޮނުވާލެވޭނެ ގޮތަށް "ބަލްކް" އެސްއެސްމެސް އެޕުން ފަހިވެފައިވާއިރު މޯލްޑިސްވް ގޭސްގެ ގޭސް ފުޅިއަށް ވެސް މިހާރު އޯޑަރު ކޮށްލެވޭނެއެވެ. އަދި ބިލްތައް ޝެޑިއުލް ކޮށްލުމުގެ ފުރުސަތުވެސް "ފަހިޕޭ"އިން މިހާރު ވަނީ ފަހިވެފައެވެ.

ދިވެހިންގެ ތެރޭގައި "ފަހިޕޭ" ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އިރު ކުރިޔަށްވުރެއްވެސް "ފަހިޕޭ" މިހާރު ފަހިވެއްޖެއެވެ. މި އެޕްއާ ބޭހޭގޮތުން އިތުރު މައުލޫމާތެއް ސާފުކޮށްލަން ބޭނުންނަމަ "ފަހިޕޭ"ގެ ލޭންޑް ނަމްބަރ 4007004 އަށް ނުވަތަ ފޯން ނަމްބަރ 7997991 އަށް ގުޅާލާށެވެ.

comment ކޮމެންޓް