އެމްޑީޕީގެ އެސްޖީ އަނަސް މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރަނީ

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގަނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރަން ނިންމައި އިއުލާނުކޮށްފިއެވެ.

އެމްޑީޕީގެ މަޖިލިސް ޕަރައިމެރީ ބާއްވާނެ ކަމަށް އެޕާޓީން އިއުލާނުކޮށްފައިވާ ތާރީހަކީ ޑިސެމްބަރު 19 އެވެ.

އަނަސް ވިދާޅުވީ އެމްޑީޕީ ޕްރައިމެރީގައި މާފަންނު މެދު ދާއިރާއަށް ވާދަ ކުރަން އޭނާ ނިންމާފައިވާ ކަމަށެވެ. އަދި ދާއިރާ ރައްޔިތުން ތާއީދުކޮށްދެއްވުމަށް އަނަސް ވަނީ އެދިވަޑައިގެންފައެވެ.

އަނަސް އަކީ ކުރީގެ ރައީސް ޔާމީން ވެރިކަމުގައި އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރަން ފެށިފަހުން އެޕާޓީގެ އެސްޖީއެވެ. މިހާރުވެސް އަނަސްއަކީ އެމްޑީޕީގެ އެސްޖީއެވެ.

އެމްޑީޕީގެ ފަރާތުން ބައެއް މައްސަލަތަކުގައި އަނަސް ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. އަދި އެމްޑީޕީއާ ގުޅޭ ބައެއް މައްސަލަ ތަކުގައި އެކި ފަހަރު މަތިން އަނަސް ފުލުސް އޮފީހަށްވެސް ހާޒިރުކޮށްފައިވެއެވެ.

އަނަސްގެ އިތުރުން އެމްޑީޕީގެ އިސް ދައުރެއް އަދާކުރާ ގިނަ ބޭފުޅުން މިފަހަރު މަޖިލިސް އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު އަދި ލީގަލް ޑިރެކްޓަރު ހިސާން ހުސައިން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް