ކޮންމެ ހަތަރު މީހަކުން އެކަކީ ޑިޕްރެޝަންގެ ވޭން ތަހައްމަލުކުރާ މީހެއް

އިނގިރޭސިވިލާތުގެ ކޮންމެ ހަތަރު އަންހެނަކުން އެކަކީ ޑިޕްރެޝަންގެ ވެން ތަހައްމަލުކުރާ މީހެއްކަމަށް ތަފާސްހިސާބުތައް ދައްކައިފި އެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގެ އާބާދީގެ 17 އަހަރާއި 19 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ އެންޒައިޓީ، އިމޯޝަނަލް އިލްނެސް ފަދަ ނަފްސާނީ މައްސަލަތައް ތަހައްމަލުކުރަމުންދާ ބައެކެވެ.

ނުވަހާހަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންގޮސްފައިވާ އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން އުމުރުން ފަސްއަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ނުވަ ކުއްޖަކުން އެއް ކުއްޖަކީ ނަފްސާނީ ބަލި ތަހައްމަލު ކުރާ ކުދިންނެވެ.

ފުރާވަރު އުމުރުގެ ގިނަ ކުދިން ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކަށް ހުށަހެޅުމުގެ ސަބަބަކީ ސޯޝަލް މީޑިއާ ކަމަށް ހޯދުންތަކުން ދައްކަ އެވެ. ދިރިއުޅުން ސޯޝަލް މީޑިއާގައި އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމަށް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އެހެން ދިރާސާތަކުން ވެސް ހާމަވެ އެވެ.

ސޯޝަލް މީޑިއާގައި ލިބ ލައިކްސް އާއި ލިބޭ ކޮމެންޓުތަކަކީ ކުދިން ޑިޕްރެޝަން އަށް ހުށަހެޅޭ ސަބަބުތައް ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.

މިފަދަ ކުދިންނަށް ބޭނުންވާ ކައުންސިލިންދީ، ގޯސްމަގެއް ހިޔާރުކުރުމުގެ ކުރިން ކުދިން ސަލާމަތް ކުރުމަކީ މުޖުތަމައުގެ ޒިންމާއެކެވެ. އެ ގައުމުގެ ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުން ގުޅިގެން ދަނީ ނަފްސާނީ ބަލި ތަހައްމަލު ކުރާ ކުދިންނަށް އެހީވުމަށް ޕްރޮގްރާމުތައް ހިންގަމުންނެވެ.

comment ކޮމެންޓް