ސްނައިޕަރުގެ މައްސަލަ އަނބރާ ގެނެސްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަޑުޝަންކަ މަނިއްކު އަޑޫރާ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަނެއް ހިންގަން ރާއްޖެ ގެނައި ކަމަށް ބުނާ ސްރީ ލަންކާގެ "ސްނައިޕަރު" ލަހިރު މަޑިޝަންކަރުގެ މައްސަލަ ދައުލަތުން އަނބުރާ ގެނެސްފިއެވެ.

މަޑިޝަންކަރާ އެކު އެ މައްސަލައިގައި ދައުވާ ކުރި މީހުންނަކީ:

  • ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
  • މ. ލިލީ ޕާކް، ފަޒީލް ހަމީދާއި
  • ގ. އޮއިވާލި، އިސްހާގު ހުސައިން

ދައުލަތުން އެ މައްސަލައިގައި ބުނެފައި ވަނީ ކުރީގެ ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ރާވާފައި ވަނީ އަދީބާއި ފަޒީލާއި އިތުރު ބައެއް ގުޅިގެން ކަމަށާއި، އެކަމަށް މަޑިޝަންކަރު ގެނައުމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރީ އިސްހާގު ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ކޯޓުން ބޭރު ކުރީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނެވެ.

މަޑިޝަންކަރު ދޫކޮށްލާފައިވާއިރު ދާދި ފަހުން ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ވަނީ އޭނާއާ ބައްދަލު ކުރައްވާފަ އެވެ.

comment ކޮމެންޓް