ރާޖަމޯލީގެ ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ފަށައފި

ރާމް ޗަރަން، ޖޫނިއާ އެންޓީއާރް އަދި ރާޖަމޯލީ....

"ބާހްބަލީ" ފަދަ ފިލްމުތައް ގެނެސްދީފައިވާ އެސްއެސް ރާޖަމޯލީގެ ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އެ ފިލްމުގެ ޝޫޓިން ފަށާފައި ވީ ކަމުގައި ވިޔަސް ފިލްމުގެ ރަސްމީ ނަން އަދި އިއުލާންކޮށްފައެއް ނުވެއެވެ. އެ ފިލްމުގެ ޝޫޓިން ފެށީ ވަގުތީ ނަމަކަށް "އާރްއާރްއާރް" ދީގެންނެވެ.

ރަސްމީކޮށް މި މަހުގެ 11 ވަނަ ދުވަހު ފިލްމު ލޯންޗުކުރި ނަމަވެސް ފިލްމުގެ މައިގަނޑު ވާހަކައަކީ ކޮބައިކަމެއް އަދި ނޭންގެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ ފިލްމަކީ ބޮކްސިން ކުޅޭ ދެބެއިން އުޅޭ ކުޅިވަރު ފިލްމެއް ކަމަށް ވެއެވެ.

ރާޖަމޯލީގެ އާ ފިލްމުގެ ލީޑު ބަތަލުންގެ ތެރޭގައި ހިމެނެނީ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރްއެވެ. ނަމަވެސް ބަތަލާއިންގެ ނަންތައް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

އެ ފިލްމުގެ މަަސައްކަތް ނިމި ސިނަމާއަށް އަންނާނެ ދުވަހެއްވެސް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް