އަނިކާ "އިޝްގްބާޒް" ދޫކޮށްލައިފި

ސުރްބީ ޗަންދަނާ---

ސްޓާ ޕްލަސްއިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ "އިޝްބާޒް"ގެ ލީޑު ތަރި އަނިކާ އަސްލު ނަމުން ނަމަ ސުރްބީ ޗަންދަނާ އެޝޯ ދޫކޮށްލައިފި އެވެ.

ސުރްބީ އިއްޔެކުރި ޓްވީޓްގައި އެ ޑްރާމާ ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދީފައިވާއިރު އޭނާ ބުނީ އެޝޯ ދޫކޮށްލަން ނިންމީ އާ ޖެނެރޭޝަނާ ގުޅިގެން، އޭނާއަށް މަންމަގެ ރޯލުން ކުޅެން ޖެހޭތީ ކަމަށެވެ.

ސުރްބީ ބުނީ "އިޝްގްބާޒް"އިން ވަކިވި ކަމުގައި ވީނަމަވެސް އާ ޝޯ އަކާ އެކު އެނބުރި އަވަސް މުސްތަގްބަލެއްގައި އަންނާނެ ކަމަށެވެ.

ސުރްބީ ޝޯ ދޫކޮށްލުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި "އަނިކާ"ގެ ރޯލަށް އަންނާނީ ސަނާޔާ އިރާނީ ނުވަތަ ޑްރަޝްތީ ދަމީ ކަމަށެވެ. އިޝްކުބާޒް އަކީ 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ދައްކަމުން އަންނަ ޑްރާމާ ސިލްސިލާއެކެވެ.

comment ކޮމެންޓް