ޝިލްޕާ އާއި އޭނާގެ ފިރިމީހާ ރާއްޖޭގައި

ޝިލްޕާ އާއި ފިރިމީހާ ރާޖް ރިސޯޓަށް ދަމުން ސީޕްލޭން ތެރޭގައި....

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ އެމީހުންގެ އެނިވާސަރީ ފާހަގަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އެދެމަފިރިން ރާއްޖެ އައިސްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. ޝިލްޕާ އާއި ރާޖް ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ޝިލްޕާ ވަނީ ރިސޯޓަށް ދަމުން ސީޕްލޭން ތެރޭގައި އޭނާގެ ފިރިމީހާއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓާގްރާމް ސްޓޯރީގައި ޕޯސްޓު ވެސްކޮށްފަ އެވެ.

ޝިލްޕާ އިންސްޓާގްރާމް ސްޓޯރީއަށް ލައިފައިވާ ދެ ފޮޓޯ...

ޝިލްޕާ ވަނީ މީގެ ހަތް މަސް ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެ ފަހަރުގެ ޗުއްޓީގައި ދަރިފުޅު ވިއާން ވެސް ރާއްޖެ އައެވެ. އެފަހަރު ޝިލްޕާގެ އާއިލާގެ ޗުއްޓީ ހޭދަކުރީ ޅ. އަތޮޅު ކަނުހުރާ ރިސޯޓުގަ އެވެ.

މީގެ ކުރިން އެތައް ފަހަރެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ޝިލްޕާ މޮޑެލިންގެ ދާއިރާގައި އުޅުމަށް ފަހު ބޮލީވުޑަށް ތައާރަފްވީ 1993 ވަނަ އަހަރު ފިލްމު ބާޒީގަރް އިންނެވެ. ދަޅްކަން، މޭކިލާޅީ ތޫ އަނާރީ، ރިޝްރޭ، ޕިރް މިލޭނގޭ ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ޝިލްޕާ ފަހަކަށް އައިސް ފެންނަނީ ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް