ސްޓްރޭންޖާ ތިންގްސްގެ ތަރި މިލީ ޔުނިސެފްގެ އެމްބެސެޑަރަކަށް

މިލީ ބޮބީ ބްރައުން--

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް ސްޓްރޭންޖާ ތިންގްސްގެ ތަރި މިލީ ބޮބީ ބްރައުން ޔުނިސެފްގެ އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާގެ އެމްބެސެޑަރަކަށް މިލީ ހަމަޖައްސާފައިވާ އިރު އޭނާ އަކީ އެ ޖަމްއިއްޔާގެ އެންމެ ހަގު އެމްބެސެޑަރުވެސްމެެވެ. މިލީ 14، ބުނީ އޭނާ މަސައްކަތްކުރާނީ ދުނިޔެގެ ލީޑަރުންނަށް ކުޑަކުދިންގެ އަޑު އިއްވުމަށް ކަމަށެވެ.

"ކުޑަކުދިންނަށް ލިބޭ އަނިޔާ އާއި، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން އަޑުއުފުލަން ބޭނުންވޭ. ކުދިންނަށް ތައުލީމުގެ ހައްގު ކަށަވަރުކޮށްދިނުން، ބުލީގެ މައްސަލަތައް، ސާފުބޯފެން، ދިރިއުޅޭ މާހައުލުގެ ރައްކާތެރިކަން ފަދަ މައްސަލަތައް ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާނަން،"

މިލީ ވަނީ މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ކުރިމަތިވާ ބުލީގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާއަށް ޓްވިޓާގައި ކުރިމަތިވި ބުލީގެ ސަބަބުން މިލީ ވަނީ އޭނާގެ ޓްވިޓާ އެކައުންޓު ވެސް ޑިލީޓްކޮށްލައިފަ އެވެ.

މިލީ ބުނީ ޒުވާނުންނަކީ ބާރުގަދަ ބަޔެއް ކަމަށެވެ. ދުނިޔޭގެ ލީޑަރުން ޒުވާނުންގެ އަޑު އަހަންޖެހޭ ކަމަށް ވެސް އެނާ ވަނީ ބުނެފަ އެވެ. އެމްބެސެޑަރުގެ ގޮތުގައި އަޑުއުފުލާނީ އިންސްޓަގްރާމު މެދުވެރިކޮށް ކަމަށް މިލީ ބުންޏެވެ. އެނާގެ އިންސްޓަގްރާމުގައި 18 މިލިއަން ފޮލޯވަރުން އެބަތިއްބެވެ.

މިލީ އަކީ ޓައިމްސް މެގަޒިން އިން ހޮވި އެމްނެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައިވެސް ހިމެނޭ ތަރިއެކެވެ.

comment ކޮމެންޓް