ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މިީހަކަށް ފަރުވާ ދެނީ

ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ތެރެއިން---

ސިނަމާލެ ބުރިޖު ކައިރިން ހުޅުމާލެ ހައިވޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައި ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ މިރޭ 06:55 އެހައިކަންހާއިރު އެކްސިޑެންޓް ވެގެން ތިން މީހަކަށް އެ ހޮސްޕިލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ތެރެއިން---

"އެކްސިޑެންޓް ވެފައިވަނީ މާލެ އަދި ގުރައިދުއަށް ނިސްބަތްވާ 20 އަހަރުގެ ދެ ފިރިހެނުނަކާއި ރ. ވާދޫއަށް ނިސްބަތްވާ 25 އަހރުގެ ފިރިހެެނެއް. 20 އަހަރުގެ ދެ މީހުންގެ ހާލު ރަނގަޅު. ލިބިފައިވަނީ ކުދި ކުދި އަނިޔާތަކެއް. 25 އަހަރުގެ މީހާގެ ނޭފަތުން ލޭ އަންނާތީވެ އީއާރުގައި މިހާރު ފަރުވާ ދެމުންދަނީ،" އާޝިިޔާ ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެ ހާދިސާގައި ދެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެ ސަރަހައްދު މިހާރު އޮތީ ބަންދުވެސް ކޮށްފައެވެ.

comment ކޮމެންޓް