ނޭހާއާއި އަންގަދުގެ ދަރިފުޅަށް ކީ ނަމަކީ މެހެރް

ނޭހާ ދޫޕިއާ އަދި ފިރިމީހާ އަންގަދު ބޭދީ ---

ބޮލީވުޑް ބަތަލާ ނޭހާ ދޫޕިއާއާއި ފިރިމީހާ އަންގަދު ބޭޑީއަށް މި މަހުގެ 18 ވަނަ ދުވަހު ލިބުނު އަންހެން ދަރިފުޅަށް މެހެރް ދުފިޔާ ބޭޑީ ކިޔައިފިއެވެ.

މުމްބާއީގައި ހުންނަ ވުމަން ހޮސްޕިޓަލްގައި މިދިޔަ އާދިއްތަ ދުވަހު ނޭހާ ވިހާފައިވާ ދަރިފުޅަށް މެހެރް ދުފިޔާ ބޭޑީގެ ނަމުން ނަން ދިނުމަށްފަހު ނޭހާ ވަނީ އޭނާގެ އިންސްޓާގްރާމްގެ އެކައުންޓްގައި ޕޯސްޓެއްވެސް ކޮށްފައެވެ.

އެ ޕޯސްޓުގައިވާ ފޮޓޯ ގައި ވަނީ ތުއްތު ދަރިފުޅުގެ ދެ ފައެވެ. އިސްޓާކީނުގައި ޖަހާފައިވަނީ "ހެލޯ ވޯލްޑް"އެވެ. އެ ފޮޓޯ އެއީ ސޯޝަލް މީޑިއާ އަށް އާންމުކުރި މެހެރްގެ ފުރަތަމަ ފޮޓޯއެވެ.

ނޭހާ އިންސްޓާގްރާމްކޮށްފައިވާ ފޮޓޯ....

ނޭހާ އާއި އަންގަދުގެ އަންހެން ދަރިފުޅަށް ނަން ކިޔުމުން ބޮލީވުޑް ގިނަ ތަރިންނާއި ރަހުމަތްތެރިން އަދި އާއިލާގެ ގިނަ މެންބަރުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

comment ކޮމެންޓް