އައްޑޫ ސިޓީ ތިން ގެއަކަށް ގެއްލުންދީގެން ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީން ގެއްލުން ދިން ތިން ގެ ތެރެއިން އެއް ގޭގައި ހުރި ޓީވީ ތަޅާލާފައި ----

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕަކުން ހިންގި ހަމަނުޖެހުންތަކެއްގައި ތިން ގެއަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މައްސަލަތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އައްސިޓީޑ ގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ، ދެ ގްރޫޕެއްގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ހިތަދޫގެ ތިން ގެއަކަށް އެކި ވަރުގެ ގެއްލުންތައް އެމީހުން ދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި މިއަދު ރޯކޮށް އަންދާލި ބަދިގެ ނިއްވާލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްރި ވަނީ ---

އެގޮތުން އެއް ގެއެއްގެ ބަދިގެ ރޯކޮށްލާފައިވާއިރު އަނެއް ދެ ގޭގައި ހުރި އިލެކްޓްރޯނިކް ތަކެއްޗާއި ހިފާ ގެންގުޅޭ ތަކެއްޗެއް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލު ކައުންސިލުން އެއްކުރަމުން ދާ ކަމަށް ވެސް ޔުޝްރިފް ވިދާޅުވި އެވެ.

އައްޑޫގައި ވަނީ ދާދި ފަހުން ސިލްސިލާ މާރާމާރީތަކެއް ހިންގައި އެއް ކުއްޖަކު ވަރަށް ބޮޑަށް ޒަހަމްވެސް ކޮށްލާފައެވެ. މާރާމާރީތަކާއި ގުޅިގެން 10 މީހަކު ހައްޔަރުކުރި ނަމަވެސް މިހާރު އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް