އަންހެނުންނާއި ދެ ދަރީން މަރާލި ރަހުމް ކުޑަ ކްރިސް އުމުރަށް ޖަލަށް!

އަންހެނުންނާއި ދެ ދަރިން މަރާލި ކްރިސް ކޯޓުގައި---

މާބަނޑު އަންހެނުންނާއި ދެ އަންހެންދަރީން މަރާލި، އެމެރިކާގެ ކޮލޮރާޑޯއަށް ނިސްބަތްވާ ކްރިސް ވޯޓްސް އުމުރަށް ޖަލަށް ލުމަށް އެ ސްޓޭޓްގެ ކޯޓުން ހުުކުމްކޮށްފިއެވެ.

ކްރިސް އޭނާގެ ދެ އަންހެން ދަރީން މަރާލައިފައިވަނީ ނޭވާ ހާސްކޮށްލައިގެންނެެވެ.

އެ މަރުގެ މައްސަލަ އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓުމަހުއެވެ. އޭރު ކްރިސް ބުނީ އޭނާގެ އަންހެނުންނާއި ދަރީން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަަމަށެވެ. ނަމަވެސް ކްރިސް ރައްޓެހިވެގެން އުޅުނު އެހެން އަންހެނަކަށް ޝައްކުވެެން ފުލުހުންނަށް ރިޕޯޓް ކުރުމާއެކު އޭނާ ހެދި ދޮގުތައް ފަޅާއެރިއެވެ.

" އޭނާ ކުރީން ބުނީ ވަރިވެފައިވާ ކަަމަށް. ނަމަވެސް އަހަންނަށް މީޑިއާތަކުގެ ހަބަރުތަކުން އެނގުނު އަންހެނުން ބަނޑުބޮޑުކަމާއި އަދި އޭނާ ވަރިނުވާކަން." ކްރިސްގެ ލޯބިވެރިޔާ ނިކޯލް ކެސިންޖާ ބުންޏެވެ.

ނިކޯލް ބުނީ އަންހެނުންނާއި ދަރީން ގެއްލިގެން އުޅުނު އިރު ކްރިސްގެ މޫނުން އެއްވެސް ކަހަލަ ހިތާމަވެރިކަމެއް ނުފެންނަ ކަމަށެވެ.

ކްރިސްގެ އަންހެނުންނާއި ދެ ދަަރީން

ނިކޯލް ފަހުން ވަނީ ފުލުހުންނަށް ގުޅައި އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ ހިއްސާކޮށްފައެވެ. އެއާއެކު ކްރިސް ހައްޔަރުކޮށް ފުލުހުން ވަނީ އޭނާއާ ސުވާލުކޮށް ގެއްލުނު ކަމަށް ބުނި އަނބިމީހާއާއި ދެ ދަރީންގެ ހަށިގަނޑު ހޯދައިފައެވެ.

ކްރިސް އޭނާގެ އަންހެނުން ވަޅުލައިފައި އޮތީ އޭނާ މަސައްކަތް ކުރާ ތަނުގެ ކައިރީގައެވެ. އަދި ދެ ދަރިން އޮތީ އެތާ ކައިރީގައި އޮތް ތެޔޮ ޓޭންކަކަށް ލައިފައެވެ.

ފުލުހުން ބުނީ ކްރިސް އޭނާގެ އަންހެނުންނާއި ދެ ދަރީން މަރާލީ، އޭނާ ރައްޓެހިވެގެން އުޅޭ އަންހެންމީހާއާއެކު އާ ހަޔާތެއް ފެށުމުގެ ބޭނުމުގައި ކަމަށް ބުނާ ކަމަށެވެ. ބަޔަކު މަރާލާފައި ހަޔާތެއް ނުހޯދޭނެ ކަން ކްރިސްއަށް ނޭނގޭ ކަމަށެވެ.

ކްރިސްގެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު އޭނާގެ އަންހެނުންގެ ބައްޕަ ބުނީ ކްރިސްއަކީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް އަދި އެއްވެސް ރަހުމެއް ނެތް ފުރޭތައެއް ކަމަށެވެ. ނަމަވެސް އަންހެނުންގެ އާއިލާއިން ވަނީ ކްރިސްއަށް މަރުގެ އަދަބު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް