އިންޑިއާ އެއާލައިންތަކުގެ ސޭފްޓީ އޮޑިޓެއް ހަދަން އަންގައިފި

އިންޑިއާގެ އެއާލައިންތަކުގެ ސޭފްޓީ އޮޑިޓެއް ހަދަން އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ސުރެޝް ޕްރަބޫ އަންގަވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ހުރިހާ އެއާލައިނެއްގެ ސޭފްޓީ އޮޑިޓެއް ހަދަން މިނިސްޓަރު ވަނީ އަންގަވައިފައެވެ.

އޭގެ ތެރޭގައި މާލީ ދަތިތަކެއް ކުރިމަތިވެފައިވާ ޖެޓް އެއާވޭސް ވެސް ހިމެނެއެވެ.

ސޭފްޓީ އޮޑިޓް ހެދުމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު އަމުރުކުރައްވާފައިވަނީ އިންޑިއާގެ އޭވިއޭޝަން ސޭފްޓީ ވޮޗްޑޯގް، ޑައިރެކްޓަރޭޓް ޖެނެރަލް އިފް ސިވިލްއޭވިއޭޝަން އަށެވެ.

އިންޑިއާގެ ޖެޓް އެއާވޭސް އަކީ މިހާރު ގެއްލުމުގައި ހިންގާ އެއާލައިނެކެވެ. ހަރަދު ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާ އެ އެއާލައިނުން މުވައްޒަފުންނަށް މުސާރަނުދޭ މައްސަލަވެސް އޮތީ ޖެހިފައެވެ. ފާއިތުވި ތިން ކުއާޓަރުގައިވެސް އެ އެއާލައިނަށްވަނީ ބޮޑުތަކުން ގެއްލުންވެފައެވެ.

comment ކޮމެންޓް