ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ނަސީމް އައްޔަނުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އަހްމަދު ނަސީމަށް ފަތްކޮޅު ހަވަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް މިއަދު ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރެއްވީ މިއަދުއެވެ. ނަސީމްއާ ފަތްކޮޅު ހަވާލުކޮށްދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރުން ފެށިގެން 2012 ފެބްރުއަރީ ހަތްވަނަ ދުވަހު ވެރިކަމުން އިސްތިއުފާ ދެއްވަންދެން ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާއެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކަށް ނަސީމް އައްޔަނުކުރެއްވި އިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު (މާލީ) އަލީ ޝިޔާމަކީވެސް ރައީސް އޮފީހުގެ މިނިސްޓަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި 19 ބޭފުޅަކު ހިމެނެއެވެ.

comment ކޮމެންޓް