އެސްއޯއެފްއިން ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށަށް ގެނެސްފި

ކުރީގެ ރައީސް ޔާމިން -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި އިސްލާމިކްް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އެ ފައިސާ މިހާރު ވަނީ ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި ކުންފުންޏެވެ.

އޭސީސީން މީގެކުރިން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގަށް އެސްއޯއެފް ކުންފުނީގެ މީހުންނާ ސުވާލުކުރަން ބެލިއިރު، ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން އެ މީހުން ކޮމިޝަނަށް ހާޒިރު ކުރެވޭ ގޮތް ނުވި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ވަނީ ފައިލް ކޮށްފައި ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް