ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަންނާނު އައްޔަންކޮށްފި

ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން، ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރެވުނު މަންނާނާ ފަތްކޮޅު ހަވާލު ކުރައްވަނީ --- ފޮޓޯ / ފުލުހުން

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުލް މަންނާނު ޔޫސުފް އައްޔަން ކުރައްވައިފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުންފައިވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަންނާނު އައްޔަންކޮށްފައިވާ ކަމަށެވެ. މަންނާނަކީ ފުލުހުންގެ ވަޒީފާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ދާދިފަހުން ވަނީ މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކުރުމަށްފަހު އަލުން ވަޒީފާ ދީފައެވެ. މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށް، އެމަނިކުފާނު ހައްޔަރުކުރަން އުޅުނު މައްސަލާގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ މައްސަލަ ސާބިތުނުވާ ކަމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް