ބީއެމްއެލް ވިލިނގިލީ ބްރާންޗުގެ ހިދުމަތް މެދުކަނޑާލައިފި

ގއ. ވިލިނގިލީގައި ހުންނަ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ގެންދިޔަ މައްސަލަ ތަހުގީގުކުރަމުން ދާތީ، އެ ބްރާންޗުން ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި މިހާރު ފުލުހުން ދަނީ ބްރާންޗުގައި ހަރަކާތްތެރިވަމުންނެވެ.

"މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މިހާރު ފުލުހުން ބްރާންޗްގައި ހަރަކާތްތެރިވަމުންދާތީވެ، ބްރާންޗުން ދެމުންދާ ޚިދުމަތް މިވަނީ ވަގުތީ ގޮތުން މެދު ކަނޑާލެވިފައެވެ،" ބީއެމްއެލްއިން ބުންޏެވެ.

ބްރާންޗުތެރޭގައި ފުލުހުން ބަލަންޖެހޭ ކަންކަން ބލައި ނިމުމާއެކު ހިދުމަތް ދޭން އަލުން ފަށާނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް ގއ. ވިލިނގިލީ ބްރާންޗުގެ ފުރާޅުން ބައެއް ނަގައި، އެތެރެއަށް ވަދެ ތިޖޫރީތަކަށް ގެއްލުންދީ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ފަތިހު 5:30 ހާއިރުއެވެ.

ނަމަވެސް ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކަށަވަރެއް ނުވެއެވެ.

comment ކޮމެންޓް